އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ފޯވާޑް ޖޮޓާ މަރުވެއްޖެ

ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ 28 އަހަރުގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ، މަރުވެފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައި ހިނގި މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ވެސް ކާރުގައި އިނެވެ. އެކްސިޑެންޓްވެ، ކާރުގައި އަލިފާން ރޯވިއިރު، ޖޮޓާގެ އިތުރުން، އަންޑްރޭ ވެސް މަރުވި ކަމަށް ސްޕެއިނާއި ޕޯޗުގީސް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ޖޮޓާ، މިއަދު އެކްސިޑެންޓެއްގައި މަރުވިއިރު، އޭނާ ކައިވެނި ކޮށްފައިވަނީ، މީގެ ދެ ހަފްތާ ކުރިން މިދިޔަ މަހުގަ އެވެ.

ގުޅުންހުރި ލިޔުންތައް