ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ ޕެނަލް ޑިސްކަޝަންގައި ޔޫތް މިނިސްޓަރު ބައިވެރިވެވަޑައިގެންފި

މޮރޮކޯގެ މަރާކިޝްގައި ބޭއްވި އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ ފުރަތަމަ ޕެނަލް ޑިސްކަޝަންގައި، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މައުޟޫއަކީ ”ޔޫތު އާފްޓާ ދަ ކޮވިޑް-19 ޕެންޑަމިކް: ޕްރިއޯރިޓީސް އެންޑް އެކްސްޕެކްޑޭޝަންސް“ މި މައުޟޫއެވެ.

މި މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަމުން މިނިސްޓަރ ވަނީ، ކޯވިޑް-19 ބަލިމަޑުކަމުން ދިވެހިރާއްޖެއަށް އަރައިގަނެވުނު ކާމިޔާބުކަމާއި، ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމު އެއްބައިވަންތަކަމާއެކު މަސައްކަތްކުރި ގޮތް ފާހަގަކުރައްވާފައެވެ.

މި ޕެނަލް ޑިސްކަޝަންގެ ކުރިން ވަޒީރު ވަނީ މޮރޮކޯގެ ޒުވާނުންގެ މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ އެކު އޯ.އައި.ސީ ޔޫތު ކެޕިޓަލްގެ އިސް ވަފުދާ ބައްދަލުކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް