ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަޤާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސަވައިފިއެވެ.
ސައުދުﷲ އެންމެ ފަހުން ހުންނެވީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަޤާމުގައެވެ.
އޭގެ ކުރިން ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަޤާމް އަދާކުރެއްވިއެވެ.
މި މަޤާމުގެ އަސާސީ މުސާރައަކީ 19،278ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 11،041ރ. ލިބޭއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކު 299ރ. ލިބޭނެ އެވެ. އޭގެ އިތުރުން ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި 6،000ރ. ލިބޭނެ އެވެ.
ސުޕްރިންޓެންޑެންޓްގެ މަޤާމަށް ސައުދުﷲ ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެންމެ ބޮޑު ބަދަލެއް ގެންނާނީ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ކަމަށެވެ.
ޏ. ފުވައްމުލަކަށް ނިސްބަތްވާ ސައުދުﷲ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި އެވެ. އަދި އެންމެ ފަހުން ހުންނެވީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މަޤާމުގައެވެ.
ސުޕްރިންޓެންޑެންޓްގެ މަޤާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހުއެވެ.