ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

ކިޑްނީ ބަލިން ރައްކާތެރިވުމަށް ކުރިއަލާ ޓެސްޓްތައް ހެދުމަށް އިލްތިމާސްކޮށްފި

ކިޑްނީ ބަލިން ރައްކާތެރިވުމަށް ކުރިއަލާ ޓެސްޓްތައް ހެދުމަށް އައިޖީއެމްއެޗްގެ ހެޑް އޮފް ނެފްރޮލޮޖީ ޑރ.އިބްރާހީމް ޝިހާމް އިލްތިމާސްކޮށްފިއެވެ.

ކިޑްނީ ބަލީގެ ހަފްތާ ފާހަގަކުރުމަށް ކުރަމުންދާ މަސައްކަތްތަކައި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. އިބްރާހީމް ޝިހާމް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަ ބައްޔެއްކަމަށާއި އޭޝިއާ ގައުމުތަކުގައި 34 އިންސައްތަ މީހުން މި ބަލިތަހަންމަލްކުރަމުންދާއިރު، ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ގިނަ ވަމުންދާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކިޑްނީ ބައްޔަކީ ފަސޭހައިން ދެނެގަނޭ ބައްޔެއްކަމަށާއި އެހެންކަމުން ކުރިއާލާ ރިސްކު ދެނެގަނެ،ރިސްކު މެނޭޖްކޮށް، ސިއްހީ ލަފާ ހޯދުމަށް ޑޮކްޓަރު އެދިވަޑައިގެންނެވިއެވެ.

އަދި ކިޑްނީ ބައްޔާއި އެހެނިހެން ބޮޑެތި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއެކު ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި، ކަސްރަތުކުރުމަށް ވެސް ޑރ. ވަނީ އިރުޝާދުދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް