ބުދަ, ޖޫން 18, 2025
spot_img
- Advertisement -spot_img

އެމްއެންޑީއެފް އިން ކުރިޔަށްގެންދިޔަ ”ޙައްޖު އެރައިވަލް އޮޕަރޭޝަން“ ކާމިޔާބުކަމާ އެކު ނިންމާލައިފި

1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެ އަންނަ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ފެށި ”ޙައްޖު އެރައިވަލް އޮޕަރޭޝަން“ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ”ޙައްޖު އޮޕަރޭޝަން 2025“ ނަމުގައި، ސަރުކާރުން ޙައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ޖޫން 13އިން ޖޫން 17އަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިންނެވެ.

މި އޮޕަރޭޝަނުގައި، ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މަސައްކަތްކޮށްފައެވެ.

މީގެ ކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޕަރޭޝަނުގައި ޙައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓުގައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ.

މި އޮޕަރޭޝަނުގައި މާލެ އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓްތައްކަމަށް ވާ އެމްޑީޔޫ 2، އެމްޑީޔޫ 3 އަދި އެމްޑީޔޫ 4 ގެ މެރިންސް ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް