ބުދަ, ޖޫން 18, 2025
spot_img
- Advertisement -spot_img

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ 3 ރަށެއްގައި ޚާއްސަ ޙަރަކާތެއް

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ރ. ފައިނު، އިނގުރައިދޫ، އަދި ކިނޮޅޮހުގައި  ޚާއްޞަ ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އެރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ މެންބަރުނާއި ރަށްރަށުގެ ރައްޔިތުންވެސް މި ޙަރަކާތުގައި ބައިވެރިވިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ރ.ކިނޮޅަސް ކުރިއަށް ގެންދެވުނު ޚާއްސަ ގަސް އިންދުމުގެ ޙަރަކާތުގެ ތެރެއިން

ރ. ފައިނުގެ އެކި ސަރަޙައްދުތަކުގައި 500 އަށްވުރެ ގިނަ ގަސް އިންދުނެވެ. މީގެ ތެރޭގައި ރުއް، ފަތްޕިލާވެލި އަދި މޭވާ ގަސްތައް ހިމެނެއެވެ.

”މި މަޝްރޫޢަކީ އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމުގެ ބައެއް. މިފަދަ ޙަރަކާތްތަކުން ރަށުގެ ރީތިކަން އިތުރުވެ، ވައި ސާފުވެ، އަދި ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމަށް އެހީތެރިވާނެ،“ ރ. ފައިނު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ރ.ފައިނުގަ ކުރިއަށް ގެންދެވުނު ޚާއްސަ ގަސް އިންދުމުގެ ޙަރަކާތުގެ ތެރެއިން

އިނގުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ”މި ޙަރަކާތަކީ އަޅުގަނޑުމެންގެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށް ވަރަށް މުހިންމު މަސައްކަތެއް. ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިން މިކަމުގައި ބައިވެރިވުމަކީ އުފާވެރިކަމެއް“ ކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި ޤައުމީ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދައި، ގަސްގަހާގެހި އިތުރުކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި ޤައުމީ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް