ބުދަ, ޖޫން 18, 2025
spot_img
- Advertisement -spot_img

ކައުންސިލަރުންނަށް ޚާއްސަ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލަރުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެޙޭ ވުޒާރާއިން ކުރިއަށް ގެންދާ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކިރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުންނެވެ.

މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ހަފްތާގެ މުއްދަތަށެވެ. މި ކޯހަށް މީހުން ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާން ފަރިތަކޮށް ކިޔަވަން އެނގުމާއި ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔެވުމުގެ ފަރިތަކަމަށެވެ.

މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސީވީ، އައިޑީ ކާޑު ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓު އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހޭނެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކު: https://docs.google.com/forms/d/e/1FAIpQLSeAfgen1TzrsvoaxSgd5cwOl9LiwLFGlPRGrQHhFIi3Sw-r4Q/viewform

ގުޅުންހުރި ލިޔުންތައް