ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ޢަރަފާތް ދުވަހު ފަލަސްޠީނުގެ މުސްލިމުންނަށް ހެޔޮ ދުޢާކޮށްދެއްވާ: ވަޒީރު ޝަހީމް

ޢަރަފާތް ދުވަހު ފަލަސްޠީނުގެ މުސްލިމުންނަށް ހެޔޮ ދުޢާކޮށްދެއްްވުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ ޢަރަފާތު ބިމުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ، މިއަދު ޢަރަފާތު ދުވަހާއި ބައްދަލުވެފައި މިވަނީ މުސްލިމް އުއްމަތަށް އުފާވެރި ދުވަސްތަކެއްގައި ނޫންކަމަށާއި ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މަތިން ހަނދުމަކޮށް ހެޔޮ ދުޢާކޮށްދޭން ޖެހޭނެކަމަށެވެ.

ދިވެހި ޙައްޖުވެރިން އަރަފާތު ބިމުގައި

އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުންވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްނަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ.“ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މިއަހަރުގެ ޙައްޖު މޫސުމަށް ސަޢޫދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ޙައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްޙަތާއި ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމްކުރައްވާތީ، ވަޒީރު ވަނީ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް