ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލާފައެވެ.
އެ ގޮތުން އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް -/30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އިނާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށްފަހު 2025 ޖޫން 15ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށައެޅުމަށް މި ވުޒާރާއިން ވަނީ އަންގާފައެވެ.
އެ ވުޒާރާއިން ކުރި އިޢުލާނުގައި މިކަމާ ބެހޭ އިތުރު މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މިގޮތުން އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާނީ އެކަމަށް ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުންކަމަށާއި، ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މުހިންމު ކަންކަމުގެ ތެރޭގައި ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުން ހިމެނޭ ކަން ވާނީ ފާހަގަކޮށްފައެވެ.
”މިނިވަން 60“ މި ލޯގޯއަކީ މިނިވަންކަމުގެ 60 އަހަރުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރެވޭނެ ލޯގޯއެކެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި އަހަރު ފާހަގަކުރެވޭ ހުރިހައި ހަރަކާތްތަކެއްގައި މި ލޯގޯ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ވުޒާރާއިން އުންމީދުކުރަނީ ގިނަ ފަރާތްތަކަކުން މި މުބާރާތުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރޫޙު އަންގައިދޭ ފަދަ ޚާއްޞަ ލޯގޯތަކެއް ފެނިގެންދާނެ ކަމަށެވެ.