1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތެއްގައި ކުރާނެއެވެ.
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 06 ޖޫން 2025 ވާ ހުކުރު ދުވަހެވެ.
މާލޭ ސަރަޙައްދުގައި، އަޟްޙާ ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދު ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ހަތަރު މައިދާނެއް ހަމަޖައްސާފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން ތިރީގައި އެވާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާޢަތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުލްމަލިކި ސަލްމާން
މަސްޖިދުލްފުރުޤާން
މަސްޖިދުއްނޫރު
މަސްޖިދުއް ޝަޙީދު ޢަލީ
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ޖަލާލުއްދީން
މަސްޖިދު އިބްރާހީމް
މަސްޖިދު އިސްކަންދަރު
ވަގުތީ މިސްކިތް ( ބޮޑުގެ )
މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މާފަންނު އާމިސްކިތް
ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު)
މަސްޖިދުއްސަލާމް
ހުޅުމާލެ ބޮޑުޖަމާޢަތް ( ސިންތަޓިކް ޓްރެކް)
މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)
މަސްޖިދު އަޞްދިޤާ
ބޮޑު ޖަމާޢަތް ހެދުމަށް ހަމަޖެހިފައިވާ މައިދާންތަކުގެ އިތުރުން މަތީގައި ބަޔާންކުރެވިފައިވާ މިސްކިތްތަކުގައި ޢީދު ނަމާދުކުރުން ކުރިއަށް ދާނެއެވެ.
ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 4 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެއެވެ.