- Advertisement -spot_img

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން އާރޓް ކުލާސްތަކެއް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އާރޓީ ފިންގަރސް ގުޅިގެން އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން އާރޓް ކުލާސް ތަކެއް ފަށައިފިއެވެ.

އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި އުފެއްދުންތެރިކަން އިތުރުކޮށް، އެފަރާތްތަކުގެ ދިރިއުޅުމުގައި އުފާވެރިކަމުގެ ކުލަޖެއްސުމުގެ މަޤްޞަދުގައި ފެށި މި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއް ދުވަހުއެވެ.

މި ކްލާސްތައް ކުރިއަށް ދަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެންނެވެ.

އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް