- Advertisement -spot_img

ރިވައިޒްޑް މާސްޓާ ޕްލޭންގެ ސަބަބުން ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވެ ބަނދަރުގެ ޖާގަ އިތުރުވެގެންދާނެ: މައުރޫފް

ރިވައިޒްޑް މާސްޓާ ޕްލޭންގެ ދަށުން، ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ ބިމެއް ނުގެއްލޭނެކަމަށާއި އަދި  ބަނދަރުގެ ޖާގަ އިތުރުވެގެންދާނެ ކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ރަސްމީ ވެބްސައިޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއިއެކު ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިން އެންމެ ގޯއްޗެއްވެސް މަދުނުވާގޮތައް ބަނދަރުގެ ޖާގަ ބޮޑުވާނެ ގޮތަށް ކަމަށެވެ.

ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒްކޮށްފައިމިވަނީ ހުޅުމާލޭގެ ފުރަތަމަ މާސްޓަރ ޕްލޭން އަށް 24 އަހަރު ފަހުންނެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ހުޅުމާލެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު މިހާރު ރައީސްގެ ނިންމެވުމެއްގެ ދަށުން ހުޅުމާލޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މުހިންމު އެއް ބޭނުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ހުޅުމާލޭގެ ބަނދަރުގެ ބޮޑުބައެއް ހިއްކައި ބަނދަރުގެ ޖާގަ އެންމެ ރަނގަޅަށް ނުހިފޭތީ ރިވައިޒްކުރި މާސްޓަރ ޕްލޭންއާއިއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް