- Advertisement -spot_img

ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން (ސީ.ބީ.އާރް) ތަމްރީން ޕްރޮގްރާމް މ އަތޮޅުގައި ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންނަށް ރަށުފެންވަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ބިނާކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން (ސީ.ބީ.އާރް) ތަމްރީން ޕްރޮގްރާމް މ އަތޮޅުގައި މިއަދު ފަށައިފިއެވެ.

ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކަށް މުޅި މުޖުތަމަޢު ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅުންހުރި ގިނަ މަޢުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 25 އިން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން (ސީ.ބީ.އާރް) ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށް، އެ ފަރާތްތަކަށް ރަށު ފެންވަރުގައި ފޯރުކޮށްދެވޭނެ އެހީތެރިކަން ގާތުން ދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން، އެ ފަރާތްތަކުގެ ގެތަކަށް ޒިޔާރަތްކޮށް، ހާލަތު ބަލާ، ޟަރޫރީ ބޭނުންތައް ފުއްދުމުގައި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ރަށުން ލިބެން ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތަކީ މި ޕްރޮގްރާމުގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް