ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ފްރެންޗް ކަޕް ޕީއެސްޖީ ކާމިޔާބުކޮށްފި

މިސީޒަންގެ ފްރެންޗް ކަޕްގެ ފައިނަލްގައި ރެއިމްސް 3-0 އިން ބަލިކޮށް ޕީއެސްޖީން ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ގޯލު 16 ވަނަ މިނެޓްގައި ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ބްރޭޑްލީ ބާކޯލާ އެވެ. މިއީ ޑުއޭ ދިން ޕާހަކުން ރެއިމްސްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ބާކޯލާ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ތިން މިނެޓް ފަހުން ބާކޯލާ ވަނީ އިތުރު ގޯލެއް ޕީއެސްޖީއަށް ކާމިޔާބުކޮށްފައެވެ.

އެއަށްފަހު ބާކޯލާ ތަނަވަސްކޮށްދިން އިތުރު ފުރުސަތަކުން މެޗުގެ 43 ވަނަ މިނެޓްގައި ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މޮރޮކޯގެ އަޝްރަފް ހަކީމީ އެވެ.

ފްރެންޗް ކަޕްގެ ފައިނަލްގައި ރެއިމްސް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް އިތުރު ގޯލުތަކެއް ކާމިޔާބުކުރަން ޕީއެސްޖީއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މިއީ ޕީއެސްޖީން ފްރެންޗު ކަޕް ކާމިޔާބުކުރި 15 ވަނަ ފަހަރެވެ.

މިސީޒަންގައި ލުއިސް އެންރީކޭ ގެ ޕީއެސްޖީ އިން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕީއެސްޖީން ވަނީ ފްރެންޗް ލީގު ވެސް މިދިޔަ މަހު ކާމިޔާބުކޮށްފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު އެޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އިންޓަ މިލާންއާ ދެކޮޅަށް ނިކުންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް