- Advertisement -spot_img

ޙާފިޡުކަމުގެ ސަނަދު ޚާސިލްކުރި ތިން ޙާފިޡަކާއި، ވަޒީރު ޝަހީމް ބައްދަލުކުރައްވައިފި

ޙާފިޡުކަމުގެ ސަނަދު ޚާސިލްކުރި ތިން ޙާފިޒަކާއި، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

ވަޒީރު މިއަދު ބައްދަލުކުރައްވާފައިވަނީ އަލްޙާފިޡް އިބްރާހީމް މުޠީޢު މުޙައްމަދު (ޒަމާނީކުލަ، އއ މަތިވެރި)، އަލްޙާފިޡާ ޢާއިޝަތު ނައުޝާ އިސްމާޢީލް (ޗަމަން، ށ. މިލަންދޫ) އަދި އަލްޙާފިޡާ މަޢުޞޫމާ މުޙައްމަދު (ޕޫލްވާރީގެ، ސ. ހިތަދޫ) އާއެވެ.

ޙާފިޡުކަމުގެ ސަނަދު ޚާސިލްކުރި ފަރާތަކާއި ވަޒީރު ބައްދަލުކުރެއްވުން | ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރެއްވިކަމަށްޓަކައި މަރުޙަބާ ދަންނަވާ، ހިތްވަރު ދެއްވާފައެވެ. އަދި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ވަޒީރު ވަނީ ޙާފިޡުންނަށް ނަސޭހަތްތެރިވެލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް