- Advertisement -spot_img

ފުދުންތެރިކަން ދަށް އާއިލާއަކަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބޯހިޔާވަހިކަންދެނީ

ފުދުންތެރިކަން ދަށް ޢާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެހީ ޖަމިއްޔާ ގުޅިގެން ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން، ޢާއިލާއެއްގެ ބޯހިޔާވަހިކަން ހަމަޖެއްސުމަށް އެހީ ޖަމިއްޔާއާއި ނެކްސިފައި މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިގޮތުން، މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިކަމާއި ގުޅިގެން އެ ވުޒާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން ޢާއިލާއަށް 02 ކޮޓަރި އާއި ސިޓިންރޫމެއްގެ އެޕާޓްމަންޓްއެއް، 6 މަސް ދުވަސް ތެރޭގައި ހަދައިދިނުމަށް ވަނީ ހަވާލު ކުރެވިފައެވެ.

ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް، އެއްވެސް ފަރާތެއް ބާކީ ނުވާ އޯގާތެރި މުޖުތަމަޢެއް ބިނާ ކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތުގައި ޖަމިއްޔާތަކާއި އެކިއެކި މުއައްސަސާތަކުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ ވުޒާރާއިން ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއެވެ.

ގުޅުންހުރި ލިޔުންތައް