- Advertisement -spot_img

ބަންކަރިން ހިދުމަތުން 7.4 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

މިސަރުކާރުން ފެށި ބަންކަރިންއިން ޚިދުމަތުން މިހާތަނަށް ހަތް މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް އިޤުތިސާދީ ތަރއްޤީއާއި ވިޔަފާއިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަމުންނެވެ.

އެގޮތުން ވަޒީރުގެ ވާހަކަފުޅުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށި ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ 114 މިލިއަން ރުފިޔާއެވެ.

”ގާތްގަނޑަކަށް ފަސް މަހާ ދުވަސްކޮޅެއް މިވީ [ބަންކަރިން ހިދުމަތަށް]. ކުޑައެއް ނޫނެއް ނޫންތޯ [7.4 މިލިއަން ރުފިޔާ]،“

ސައީދު ވިދާޅުވި ގޮތުގައި އެ ހިދުމަތަށް ލިބުނު 7.4 މިލިއަން ރުފިޔާގެ 95 ޕަސެންޓް ފައިސާ ލިބުނީ ރާއްޖެއަށް މުޅިން އަލަށް ގެނައި ލޯ ސަލްފާ ބަންކަރިން މެދުވެރިކޮށެވެ.

ރާއްޖެއިން މި ހިދުމަތް ފެށީ، މަޑުމަޑުން މި ހިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އުތުރުގެ އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގަ އެވެ.

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ދޭ ޗެނަލުން މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް