- Advertisement -spot_img

”ބިލްޑް އެކްސްޕޯ 2025“ ވަޒީރު ސަޢީދު އިފްތިތާޙް ކޮށްދެއްވައިފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށުނު ”ބިލްޑް އެކްސްޕޯ 2025“  އިޤްތިޞާދާ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި މައުރަޒަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އިމާރާތްކުރުމުގެ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީއާއި އާލާތްތައް ދައްކުވައިދޭ ޚާއްޞަ މައުރަޒެކެވެ.

މައުރަޒުގެ މައިގަނޑު މަޤްޞަދަކީ އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތައް އެއްތަނަކުން ދައްކުވައިދީ، މިފަދަ ތަކެތި ވިއްކާ ފަރާތްތަކާއި، ގަންނަ ފަރާތްތަކާއި، ބޭނުންކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް، މަޢުލޫމާތު ޙިއްޞާކޮށް، އާ ކަންކަން ދަސްކުރުމުގެ ފުރުޞަތު ދިވެހިންނަށް ހޯދައިދިނުމެވެ.

މި މައުރަޒުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ޢަދަދެއްގެ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. އަދި މައުރަޒުގެ ތެރެއިން ވިޔަފާރީގެ ޕާޓްނަރޝިޕް ނުވަތަ އޭޖެންސީގެ މަސައްކަތަށް ދިވެހި ވިޔަފާރިވެރިންނާއި ޒުވާނުންނަށް އެގްޒިބިޓަރުންނާއި ސަޕްލަޔަރުންނާއެކު ވާހަކަދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް