އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވަން ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ކެނެޑާއާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވަން ކެނެޑާއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ކެނެޑާގެ ހައިކޮމިޝަނަރު އެރިކް ވޮލްޝްއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ވަޒީރު މާރިޔާ ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތަކާއި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ހުރި ދަތިތައް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި ހައި ކޮމިޝަނަރާއި އެ ބޭފުޅާގެ ޓީމުން އެ ވުޒާރާއިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ގެނައުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން  ލަފާދެއްވާފައިވާ ކަމަށެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ވުޒާރާއިން އިތުރަށް ބުނީ ހައި ކޮމިޝަނަރާއި އެ ބޭފުޅާގެ ޓީމުން ވަނީ  ދަނޑުވެރިކަމުގެ އުފެއްދުންތައް ރިސޯޓްތަކަށް ސަޕްލައި ކުރެވިދާނެކަމަށް ލަފާދެއްވާފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް