- Advertisement -spot_img

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ހިޔާގެ ބައެއް ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިންމައި ޓެސްޓް ކުރަން ފަށައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސާ އަހުމަދު އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ކުރާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އެގޮތުން ލިފްޓް ހަރުކޮށް ނިމުނު ޓަވަރުތަކުގައި ބެހެއްޓި ލިފްޓްތަކުގެ ސަލާމަތީ ކަންކަން ބަލަން މިއަދު ވަނީ ޓެސްޓްތައް ފަށާފައި ކަމަށް އަހުމަދު އިބްރާހިމް ވަނީ ވިދާޅުވިއެވެ.

ސީއޯއޯ ވިދާޅުވީ، ހިޔާގައި މިހާރު ހުރި ލިފްޓްތަކަށް ވުރެ މި ލިފްޓްތައް ބޮޑުވެފައި ޖާގަ ތަނަވަސްވާނެ ކަމަށެވެ.

”ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމާ ވިދިގެން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މިދަނީ ފުދެމުން. ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާ މި ބޮޑު ލިފްޓް ވެގެންދާނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އެތައް ހާސް އާއިލާއަކަށް ލިބޭނެ ބޮޑު ލުއިފަސޭހައަކަށް.“ ސީއޯއޯގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހަތަރު ޓަވަރެއްގައި މިހާތަނަށް އިތުރު ލިފްޓް ހަރުކޮށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ބާކީ ހުރި 12 ޓަވަރުގައި ވެސް ޝެޑިއުލާ އެއްގޮތަށް ލިފްޓްތައް ހަރުކޮށް ނިމޭނޭއެވެ.

ނޮވެމްބަރުގެ ނިޔަލަށް ލިފްޓްތައް ހުރިހާ ޓަވަރެއްގައި ހަރުކޮށް ނިމޭނެކަމަށް އެޗްޑީސީއިން މައުލޫމާތުދެ އެވެ.

ލިފްޓް ހެދުމުގެ މަޝްރޫއު މިދިޔަ އަހަރުގެ އެޕްރީލް މަހު ހަވާލުކުރީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާއެވެ.

މިމަޝްރޫއުގެ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ)އެވެ.

ގުޅުންހުރި ލިޔުންތައް