- Advertisement -spot_img

މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މެންބަރުންނަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް ބަދަލުތަކެއް ގެނެސްފިކަން މަޖިލީހުގެ ރިޔާސަތުން އިޢުލާނުކުރައްވައިފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ: މި ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި، ޕީއެންސީގެ ފަރާތުން ދެން އިންނަވާނީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ): މި ކޮމިޓީއަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަނީ ހަމަޖައްސަވާފައެވެ. އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީގެ ބަދަލުގައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވަނީ އެ ކޮމިޓީއަށް އައްޔަންކުރައްވާފައެވެ.

މި ހުރިހާ ބަދަލުތަކަކީވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސްލޮޓްތަކަށް ގެނެވުނު ބަދަލުތަކެކެވެ.

ގުޅުންހުރި ލިޔުންތައް