- Advertisement -spot_img

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު، ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ އިފްތިތާޙްކޮށްފިއެވެ.

މާފަންނު އެކުވެނި ޓްރެކްގައި ކުރިއަށްދާ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އިސްލާމީ އަދަބު އަޚްލާޤާއި ދިވެހީންގެ މިންގަނޑުތައް އަދުގެ ދިވެހި މުޖުތަމަޢުގައި އަލުން އަށަގެންނެވުމުމެވެ. އަދި މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމުކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އަލުން އަށަގެންނެވުމެވެ. ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދައެއް ކަމަށްވާ، އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.

ދަޢުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެބައެއްގެ އާރާއި ބާރާއި އިޙްތިރާމް ނެގެހެއްޓުމަށް ދެ ބައެއް ބިނާކުރަންޖެހޭ ކަމަށް ރައީސް މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެއީ ޢުމްރާނީ ބިނާކުރުމާއި، މީހުން ބިނާކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިރޭ އިފްތިތާޙްކުރެވުނު މަޝްރޫޢަކީ މި އިޙްތިރާމް ނެގެހެއްޓުމަށް ރާއްޖެއަށް މުހިންމު މަޝްރޫޢެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، އިސްވެރީންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް