- Advertisement -spot_img

މިހާރުވެސް 1200 އަށްވުރެ ގިނަ މަޝްރޫއު އެބަ ހިނގާ: މާލީ ވަޒީރު

ރާއްޖޭގައި މިހާރުވެސް 1200 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

”އަހާ“ ފޯރަމްގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތަކާ އެކުވެސް އިސްކަންދީފައިވާ މަޝްރޫއުތައް ނިންމުމަށް ފައިސާ ހަމަޖައްސައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރުވެސް 1,273 މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތަކަށް ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ކުރިއަށް ގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން ވަޒީރަކު ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ބެއްލެވުމުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް