ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މިއަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފި

ކުޑަކުދީންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސް ދިނުމަށް މިއަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

އެފަރާތްތަކަށް ޝުކުރު އަދާކުރައްވައި ރައީސް ވަނީ މިއަދު ސޯޝަލް މީޑއާގައި ޕޯސްޓެއް އާންމު ކުރައްވާފައެވެ.

ޢީދުގެ މުނާސަބަބުތައް ކުލަގަދަކޮށް ފާހަގަކުރެއްވުމަކީ ރައީސް ވަރަށް އިސްކަން ދެއްވަވާ ކަމެކެވެ. ޢީދާ ގުޅުވާ ރަށުތެރެ ޒީނަތްތެރި ކުރުމާއި ކުލަބޮކިތަކުން ރަށްތައް ދިއްލާލުން ފަދަ ކަންކަން ފެއްޓެވީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ.

މިއީ މި ފަހުގެ ތާރީޚެއްގަ މާލޭގައި ފިޠުރު އީދު (ކުޑަ ޢީދު) މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ. ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި މުއައްސަސާތައް ގުޅިގެން މި ޢީދުގައި ވަނީ މީހުން ގަޔާވާކަހަލަ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮކިފަތިތައް ހަރުކޮށް ދިއްލާލާފައިވެއެވެ. އަދި މާލެއާއި ހުޅުމާލެގައި ވަރަށް ފުރިހަމަ ކުޑަކުދީންގެ ހަވީރެއް ބާއްވާފައިވާއިރު، ޢީދު ދުވަހުގެރޭ ޘަޤާފީ ކުޅިވަރުގެ ހަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެޗްޑީސީ އާއި މަންފާ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވިއިރު، ސެންޓްރަލް ޕާކުގައި ހަވާއެރުވުމާއެކު، ޑްރޯން ޝޯއެއްވެސް ވަނީ ބާއްވައިފައެވެ.

މާލޭގައި ބޭއްވި ކުޑަކުދީންގެ ހަވީރަކީ މިހާތަނަށް ޢީދަކާ ގުޅިގެން ބޭއްވި އެންމެ ފުރިހަމަ ކުޑަކުދީންގެ ހަވީރެވެ. އެ ހަރަކާތަށް ތަރުހީބު ބޮޑުވެ އީދުގެ ތިން ދުވަހު އެ ހަރަކާތް ކުރިއަށް ގެންދަން ނިންމި އެވެ.

ޢީދު ދުވަހުގެ ރައީސާއި ނާއިބު ރައީސްގެ ދެކަނބަލުން ވެސް އެ ހަރަކާތަށް ވަޑައިގެން ކުޑަކުދީންނާއި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވާފައިވެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓްގައި ޢީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމު ކުރައްވާ ކުޑަކުދީންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސް ދިނުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކުގެ ނަންތައް ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ރައީސް ހާއްސަ ގޮތެއްގައި ފާހަގަ ކުރައްވާފައިވަނީ

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ | މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް |  މޯލްޑިވްސް ޕޮލިސް ސާވިސް | މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް | ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން | މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ | މިނިސްޓްރީ އޮފް ދިވެހި ލެންގްއޭޖް އެންޑް ހެރިޓޭޖް | މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް | މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ | މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ | ވެމްކޯ | ސްޓްލެކޯ |  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް | ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން | ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން | ޕަބްލިކް ސާވިސް މީޑިއާ

ގުޅުންހުރި ލިޔުންތައް