- Advertisement -spot_img

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ އިންސްޓިޓިއުޓުން ހާމަކޮށްފައިވާ ގޮތުގައި މި ޕުރޮގުރާމު ކުރިއަށްގެންދާނީ މާނިޔާފުށީގައެވެ. 14 ދުވަހުގެ މި ޕުރޮގުރާމެ ކޯސް ފީ އާއި ހުރުން އަދި ކެއުމުގެ ޚަރަދުތައް އެ އިންސްޓިޓިއުޓުން މުޅިން ހިލޭ ހަމަޖައްސައިދޭނެއެވެ.

މި ޕުރޮގުރާމުގައި ދަސްކޮށްދޭ ކަންތައްތަކުގެ ތެރޭގައި ދިރޭ ކާނާ އާލާކުރުމާއި، މާގަނޑުމަސް ވިއްސައި އާލާކޮށް ބޮޑެތިކުރުމާއި، ހުއިފިލަނޑާ ވިއްސައި އާލާކޮށް މޫދުކޮށީގައި ބޮޑެތިކުރުމަށާއި، ފާނަ ވިއްސައި އާލާކޮށް މޫދު ކޮށީގައި ބޮޑެތި ކުރުމުގެ އިތުރުން އިތާމުތް އާލާކުރުން ހިމެނެއެވެ.

މި ޕުރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޭޕްރީލް 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެރިން ރިސާޗު އިންސްޓިޓިއުޓުން އާންމުކޮށްފައިވާ ކިޔު.އާރު ކޯޑު މެދުވެރިކޮށް ކޯހަށް އެދި ހުށަހަޅަންވާނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3322242 ނުވަތަ 9555373 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް