- Advertisement -spot_img

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނަން: ރައީސް

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ މި ހަފުތާގެ ޕްރޮގްރާމުގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެ ސުވާލު އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ އެކަމުގައި ހުރި ދަތިތައް ޤަބޫލުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް މަސައްކަތް މިހާރު ކުރައްވަމުންދާ ކަމަށެވެ.

”އެކަމާ މިއުޅެނީ ރެއާ ދުވާލު. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ.“ ރައީސް ވިދާޅުވިއެވެ.

”ރައްޔިތުންގެ އަޑު“ ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ 93 އިންތިޚާބީ ދާއިރާއެއްގެ ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާއެކެވެ. މިހާތަނަށް ވަނީ ފަސް އެޕިސޯޑް ގެނެސްދީފަ އެވެ. އެ އެޕިސޯޑްތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސުލްޖުމްްހޫރިއްޔާއަށް ހުށައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް