- Advertisement -spot_img

މަޑުއްވަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މ. މަޑުއްވަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމްގެ މަސައްކަތް މުޅިން ނިންމާލައިފިއެވެ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު ފަށާފައިވަނީ ފާއިތުވި އަހަރުގެ ތެރޭގައެވެ. ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ހިންގާ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ފަހި މާޙައުލުތައް ޤާއިމުވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ގިނަ ރަށްރަށުގައި ކުޑަކުދިންނަށް ޚާއްޞަ ޕާކްތަކާއި ކުޅިވަރު ކުޅޭ ސަރަޙައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް އަންނަނީ ބާރު ސްޕީޑުގައި ކުރިއަށެވެ. މި މަޝްރޫއުތަކުގެ ސަބަބުން އެ ރަށުގެ ކުޑަކުދިންނަށާއި ޢާއިލާތަކަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރެވޭނެ އައު ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް