- Advertisement -spot_img

މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެއްސަކު މިރޭ ނިޔާވެއްޖެއެވެ.

މިއަދު ހަވީރު ދެ ކާރު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މެލޭޝިއާގެ ”ޓެއިލާސް ޔުނިވަސިޓީ“ ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އަންހެން ދަރިވަރެކެވެ. ނިޔާވީ އައްޑޫ ސިޓީއަށް އުފަން އަމެލިއާ ނާޒިމެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ، މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު މަރުވެފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ. އެ އެކްސިޑެންޓުގައި އިތުރު ދިވެއްސަކު ވެސް ޝާމިލުވާކަން އެނގިފައިވާ ނަމަވެސް، އިތުރު މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް އަދި ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެކްސިޑެންޓު ހިނގީ ޕެނަންގް އަށް ދިޔަ މަގުމަތީގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނިޔާވި ދަރިވަރުގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ދަރިވަރު ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ހޯދަނިކޮށް ކަމަށްވެއެވެ.

މި އަންހެން ދަރިވަރާއެކު، އިތުރު ދިވެއްސަކު ވެސް ކާރު ތެރޭގައި އިނެވެ. އެމީހާގެ ހާލު ސީރިއަސް ކަން އެނގިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް