spot_img

މަދީނާ އިސްލާމިކް ޔުނިވާސިޓީން ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވެލެއްވުމަށް ވަޒީރު ޝަހީމް ސަޢުދީއަށް

މަދީނާ އިސްލާމިކް ޔުނިވާސިޓީން ބާއްވާ ޚާއްސަ ކޮންފަރެންސެއްގައި ބައިވެރިވެލެއްވުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސްއަކީ ”އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސަޢުދީ ޢަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން“ މި ނަމުގައި މަދީނާ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ ޚާއްސަ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤްރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް