ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

މިއަހަރުގެ ފިޠުރު ޢީދާއި ގުޅިގެން ހުޅުމާލޭގައި ޑްރޯން ޝޯއަކާއެކީ ހަވާ އެރުވުން އޮންނާނެ: އެޗްޑީސީ

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

”ޢީދު ފެސްޓިވަލް“ ގެ ނަމުގައި އެޗްޑީސީން ބާއްވާ މި ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރު އޮންނާނީ ޢީދު ދުވަހުގެ ހަވީރު 4:00 އިން 5:45 އާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި މި ފެސްޓިވަލުގައި ޢީދު ލައިޓުތައް ދިއްލުމާއި، ކުޑަކުދިންގެ ހަވީރައާއެކު ޑްރޯން ޝޯއެއްގެ އިތުރުން އެރޭ ހަވާ އެރުވުން ވެސް އޮންނާނެއެވެ.

ހުޅުމާލޭގައި ބާއްވާ މި ހަރަކާތުގެ އިތުރުން، އެޗްޑީސީން ވަނީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމަށް އެދުވަހު މާލޭގައި ބާއްވާ ”ޢީދު ހަވީރު“ އިންތިޒާމު ކުރުމުގައި ވެސް ބައިވެރިވެފައެވެ. އެ ހަވީރު އޮންނާނީ އެދުވަހު ހަވީރު 4:00 އިން 6:00 އަށް ސަލްޓަން ޕާކުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ބޮޑު ސަރަހައްދެއްގައެވެ.

އެ ހަރަކާތަކީ އެޗްޑީސީގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް، އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާވެސް ގުޅިގެން އިންތިޒާމު ކޮށްފައިވާ ހަވީރެކެވެ.

ގުޅުންހުރި ލިޔުންތައް