ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން އޭނާގެ ބޭނުން ނެތް ކަމަށް ނިންމައިފިނަމަ، މިއަދުން މިއަދަށް ވެސް ޓީމުން ވަކިވާން އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަށް ތައްޔާރަށް ހުރި ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ ބުނީ، ގައުމީ ޓީމުގެ މެނޭޖްމަންޓުން ނުވަތަ އެސޯސިއޭޝަންގެ ރައީސް ވެސް އޭނާގެ ބޭނުން ދެން ނެތް ކަމަށް ދެކޭ ހިސާބުން، އެންމެ ފުރަތަމަ އެ ވާހަކަ ދައްކާނީ ވެސް އޭނާ އަމިއްލައަށެވެ.
”ޕޯޗުގަލްއިން އަހަރެންގެ ބޭނުން ދެން ނެތް ކަމަށް ބުނާނަމަ، މިއަދުން މިއަދަށް ވެސް އަހަންނަށް ޓީމު ދޫކޮށް ދެވިދާނެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތް. ނުވަތަ ރައީސް ވިޔަސް، ގައުމީ ޓީމަށް އަހަރެން ބޭނުން ނުވާ ދުވަހަކުން، އެންމެ ފުރަތަމަ އެ ވާހަކަ ދައްކާނީ އަހަރެން،“ ރޮނާލްޑޯ ބުންޏެވެ.



