އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރުދައްކަން އުޅުނަސް ދުވަހަކު ވެސް އިރާނުން ކުޑަކަކޫ ނުޖަހާނެ ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
އަވަސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން ’ސުންނާފަތިކޮށްލާނެ‘ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރަށް ރައްދު ދެއްވަމުން، އދ. ގެ އާންމު މަޖިލީހުގައި ޕެޒެޝްކިއާން ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބިރުދެއްކުންތައް އިތުރުވި ނަމަވެސް އީރާނުގެ ރައްޔިތުންގެ ދެކޮޅުވެރިކަމާއި ސާބިތުކަން ވާނީ އިތުރުކަން ޓްރަމްޕް ދަންނަންޖެހޭނެ ކަމަށެވެ.
”އަޅުގަނޑުމެން ދުވަހަކުވެސް ބޮލެއް ނުލަނބާނަން، ކުޑަކަކުލެއް ނުޖަހާނަން،“ ޓްރަމްޕް ވިދާޅުވިއެވެ.
ޕެޒެޝްކިއާން ވިދާޅުވީ ޓްރަމްޕް ވަރަށް ރަނގަޅަށް އިރާން ދަންނަންޖެހޭ ކަމަށާއި ބިރުދެއްކުމުގެ ބަހުރުވަ ދޫކޮށްލައިފިނަމަ ޑިޕްލޮމެސީ އާއި މަޝްވަރާއަށް ދާން އިރާން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އީރާނަކީ ޓެރަރިޒަމް ފަތުރާ ގައުމެއް ކަމަށް ޓްރަމްޕް ސިފަކުރި ނަމަވެސް ހަގީގަތަކީ އެގައުމަކީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޕެޒެޝްކިއަން ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު، އެމެރިކާގެ ވަފުދުގެ އޮފިޝަލަކު ވަނީ މާލަމުން ނުކުންނަވައިފައެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ދިގުލައިގެން ގޮސްފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރައިފައެވެ.



