ވަކިވަކިން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާއި، ޓީވީއެމްގެ 47 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.
ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ފެށުނީ 1932 ވަނަ އަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ބްރޯޑްކާސް ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ޓެލެވިޝަން މޯލްޑިވްސް އަށް 47 އަހަރު ފުރުމާއި ގުޅިގެންވެސް ނައިބު ރައީސްވަނީ ތަހުނިޔާ ފޮނުވާފައެވެ.
ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް ފަށާފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.



