spot_img

ރަޝިއާގެ އެސް7 ގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ރަޝިޔާގެ އެސް7 ގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފިއެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ކުރަން ހަމަޖެހިފައި ވަނީ ރަޝިއާގެ ނޮވޮސިބިރްސްކުންނެވެ އެގޮތުން ދަތުރުތައް ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ 30 އިން ފެށިގެންނެވެ.

މިސީ މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެއަށް ފަށާ ފުރަތަމަ ޝެޑިއުލް ދަތުރުތަކެވެ. މި ދަތުރުތައް ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އިރު، ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓުތަކެވެ.

އެސް7 ގެ ދަތުރުތައް ރާއްޖެ އަށް ފަށަން ވަމުނ އަންނަ ތައްޔާރީތަކުގެ ދަށަށުން މިހާރު ވަނީ ޓިކެޓް ވެސް ވިއްކަން ފަށައިފަ އެވެ. އެގޮތުން އެ އެއާލައިންސްގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންގެ އިތުރުން ޓިކެޓު ވިއްކާ އޮފީސްތައް މެދުވެރިކޮށް މިހާރު ޓިކެޓު ގަނެވޭނެއެވެ.

މި ދަތުރުތަކާ ގުޅިގެން ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޓެޒް ޓުއާއިން ވަނީ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފަ ވިއްކަން ފަށާފަ އެވެ. މީގެ ތެރޭގައި ދުރާލައި ބުކިން ހަދާ މީހުންނަށް އެކޮމޮޑޭޝަނުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

އެސް7 ގެ ދަތުރުތައް ރާއްޖެ ފަށާ އިރު، މިހާރު ވެސް ރަޝިއާގެ އެއާލައިންތަކަކުން ރާއްޖެ އަށް ޝެޑިއުލް ދަތުރުތައް ބާއްވަ އެވެ. އަދި އެ ގައުމަކީ މިހާރު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

އެސް7 އެއާލައިންސް އަކީ މީގެ 34 އަހަރު ކުރިން 1992 ގައި ހިދުމަތަށް ނުކުތް އެއާލައިނެކެވެ. އެ އެއާލައިން 77 މަންޒިލަކަށް އުދުހެމުން އަންނަ އިރު، ފްލީޓްގައި 104 ބޯޓް އޮވެ އެވެ.

spot_img

ގުޅުންހުރި ލިޔުންތައް