އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

އީދާއި ގުޅިގެން ދިއްލުމަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވާ ނިމިއްޖެ

”ޢީދު އަލި“ ދިއްލުމަށް ބޭނުންވާ ސާމާނު ރަށްތަކަށް ފޮނުވާ ނިމިއްޖެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާލުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމަށް ދެއްވި އިންޓަވިޔުއެއްގައެވެ.

ފިޠުރު ޢީދުގައި ރާއްޖޭގެ ރަށްތައް ކުލަ ބޮކިތަކުން ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނު، މި ޢީދުގައި އަލަށް ދިއްލުމަށް ކަނޑައަޅައިފައިވާ 36 ރަށަށް ފޮނުވާ ނިމިފައިވާ މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މި އިންޓަވިޔުގައި ވިދާޅުވިއެވެ. މި ދިޔަ އަހަރު ދިއްލި ރަށްތަކާއެކު މި އަހަރު ޖުމްލަ 64 ރަށެއް ޢީދު އަލިން ދިއްލައިލުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި،  މިހާރު ނުފޮނުވި ހުރި ގިޑިގެތައް ވެސް މިއަދުރަށްތަކަށް  ފޮނުވާ ނިމޭނެކަމަށް ވިދާޅުވިއެވެ. އަދި މާލެ ސިޓީގައި ހުރިހައި ސާމަނެއް ބަހައްޓައި ނިމިފައި ކަމަށާއި، މިހާރު ކުރެވެމުން ދަނީ ޓެސްޓްކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތް ކުރުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން މި އިންޓަވިޔުގައި ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި އަހަރު ޢީދު އަލިން މުޅި ރާއްޖެ ދިއްލައިލުމަށް ބާއްވާ ބޮޑު އިވެންޓް ބެއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ 9.30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމު ކުރަމުން އަންނަ ޙަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް