މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104.4 މިލިޔަން ރުފިޔާ (104,465,702 ރުފިޔާ) ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 82.1 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %27 އިތުރު އަދަދެކެވެ.
މީރާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އޮގަސްޓު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 7 މިލިޔަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ލިބުނު 8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ ގޮތުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ 19,266.10 ރުފިޔާއެވެ. މީރާއަށް އޮންލައިންކޮށް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް ދައްކަންޖެހޭ މިންވަރު އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.



