- Advertisement -spot_img

އޭޝިއަން ގޭމްސްގައި ރާއްޖެއިން 7 ކުޅިވަރެއްގައި ބައިވެރިވާނެ

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ދިދަ އުފުލާނެ ކުޅުންތެރިން އިއުލާނުކޮށް ދިދަ ހަވާލުކުރުމުގެ ހަފްލާ ބާއްވައިފިއެވެ.

އެކަމަށްޓަކައި އިއްޔެ ހަވީރު މީރުމާގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

އެ ޙަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯގެ އިތުރުން ޖަޕާން އެމްބަސީގެ އިސް އޮފިޝަލުންނާއި މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި ކޮމިޝަނަ އޮފް ސްޕޯޓްސް އަދި އެސޯސިއޭޝަންތަކުގެ ވެރިންނާއި އެތުލީޓުން ބައިވެރިވެވަޑައިގަތެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ދިދަ އުފުލާލުމުގެ ޝަރަފު މިފަހަރު ލިބިފައި ވަނީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައި ދިން ތަރި މަރިޔަމް އީޝަލް މިސްބާހުއަށެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ 7 ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން އަދި ޝޫޓިންގެ އިތުރުން ސާފިން އެވެ.

އޭޝިއަން ގޭމްސް ކުރިއަށް ދާނީ މި މަހުގެ 14 އިން އަންނަ މަހުގެ 4 އަށް ޖަޕާންގެ ނަގޯޔާގައެވެ.

ގުޅުންހުރި ލިޔުންތައް