ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމު ކުރަން ނިންމައިފިއެވެ.
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މުޅި ސަރުކާރު ގުޅިގެން ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދޭނެ ތަސައްވުރެއް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެބައޮތް ކަމަށެވެ.
އެގޮތުން އެ ތަސައްވުރުގެ ވިޝަންގެ ދަށުން މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނަކަށް ހަދައިގެން ނޫން ގޮތަކަށް ދެން ޓްރެފިކް މައްސަލަތަށް ހައްލު ހޯދަން ދަތިވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން ހެދުމުގެ ޤާނޫނާ ގު ޅޭގޮތުން ގިނަ ފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންނާއި އަދި ސަރުކާރުގެ މުވައްސަސާތައް ހިމެނެއެވެ.
މީގެއިތުރުން ކައުންސިލްތަކަށް ހުށައަޅާފައިވާ މައްސަލަތައް ވެސް މިކަމާ ގުޅޭ ގޮތުން ބަލައި ދިރާސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މި ޤާނޫނުގެ ސަބަބުން އަންނާނެ އެންމެ ބޮޑު ބަދަލަކީ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް މަގުކޮށިގެން ދިއުންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



