- Advertisement -spot_img

އެމެރިކާގެ ތެލާއި ގޭހުގެ ކުންފުނިތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު އީރާނުން ދީފި

ސަރަހައްދުގައި ހުރި އެމެރިކާގެ ތެލާއި ގޭހުގެ ކުންފުނިތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުން މި އިންޒާރުދިނީ، އީރާނުގެ ހުރިހާ ތެޔޮ ޓޭންކަރުތައް ގޮއްވާލާނޭ ކަމަށް އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތު ކުރި އިންޒާރާ ގުޅިގެންނެވެ. ޕީޓު ހެގްސެތު ބުނީ، އެމެރިކާ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް އީރާނުން ހަމަލާދޭނަމަ އީރާނުގެ ހުރިހާ ތެޔޮ ޓޭންކަރުތައް ގޮއްވާލާނޭ ކަމަށެވެ.

މިކަމާ ގުޅިގެން އީރާނު ޕާލަމެންޓުގެ ރައީސް ޑރ. މުހައްމަދު ބާގިރު ގާލިބާފް އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އީރާނުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދީފިނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތު އޮންނަ ތެލާއި ގޭހުގެ އެއްވެސް ކުންފުންޏެއް ސަލާމަތް ނުވާނޭ ކަމަށެވެ.

އެމެރިކާއިން ހަމަލާ ދީފިނަމަ އީރާނުން އެ ތަންތަނަށް ހަމަލާދޭނޭ ކަމަށްވެސް ގާލިބާފް ވިދާޅުވެފައި ވެއެވެ. އެކަމުގެ ގާބިލްކަން އީރާނަށް ލިބިގެންވާކަން މީގެކުރިން ސާބިތުކޮށްދީފައިވާނޭ ކަމަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބަލާލުމުންވެސް އެކަން އެނގޭނޭ ކަމަށް އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވެފައި ވެއެވެ.

ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި އީރާނުގެ ތެޔޮ ޓޭންކަރު ތަކަކަށް އެމެރިކާ ސިފައިން އިހަށްދުވަހު ހަމަލާދިނުމާ ގުޅިގެން އީރާނުގެ ކަނޑުގެ ސިފައިންވަނީ، އެމެރިކާ ސިފައިންގެ ތިން މަނަވަރަކަށާއި، އެމެރިކާގެ ތިން ތެޔޮ ޓޭންކަރަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކުގައި މަނަވަރުތަކާއި ޓޭންކަރުތަކަށް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް