- Advertisement -spot_img

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މި އަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިހާތު ވަނީ މި މަހުގެ 10 އާ ހަމައަށް އިތުރުކޮށްފައެވެ.

އެތަނުން ބުނީ މުއްދަތު އިތުރުކުރުމުގެ މައިގަނޑު ބޭނުމަކީ ވީހާ ވެސް ގިނަ ފަރާތްތަކަށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށް ދިނުން ކަމަށެވެ.

މައުޒަރުގައި ބައިވެރިވާން އެދި މިހާތަނަށް 700 އަށް ވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅާފައިވެއެވެ.

މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ ވަނީ 23-31 އަށް އަށެވެ. މި އަހަރު އޮންނާނީ ހުޅުމާލޭގައެވެ.

މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުޒަރެކެވެ.

ގުޅުންހުރި ލިޔުންތައް