- Advertisement -spot_img

ދިއްދޫގައި ތަރައްޤީކުރި ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި

ހއ. ދިއްދޫގައި ތަރައްޤީކުރާ ވޮލީ ކޯޓުގެ މަސައްކަތް ނިމިއްޖެއެވެ.

މިމަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، މި އައުޓްޑޯރ ވޮލީކޯޓަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވޮލީކޯޓެކެވެ.

އެމްޓީސީސީން ބުނީ ވޮލީ ކޯޓު ތަރައްޤީކުރުމުގެ އަމަލީ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ.

ދިއްދޫގައިއަލަށް ތަރައްގީކުރި މިކޯޓާއެކު ވީ މިއީ ރަށުގެ ތަރައްޤީއަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ރައްޔިތުން ދެކެއެވެ.

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން ގެންދަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އެގޮތުން ކޯޓުތަކާއި ދަނޑުތަކުގެ އިތުރުން ޓްރެކްތަކުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި އާންމުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް