- Advertisement -spot_img

މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި ދެކެނީ އިސްލާމްދީނަށް ނަސްރުދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މިސަރުކާރުގެ އެންމެ ފަޚުރުވެރި މަތިވެރި ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ އިސްލާމްދީނަށް ނަސްރުދިނުންކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އަޅުގަނޑުމެން ގައުމުގައި އިސްލާމްދީނަށް ނަސްރުދިނުމަށް ކުރެވޭ ކޮންމެ ކަމަކުން ނުކުންނާނީ އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންގެ ޤައުމު ހަމަ މަގަށް ގެނައުމަށްޓަކައިވެސް ނަފްސު އިސްލާހްކުރަންޖެހޭކަމަށާއި، ޤައުމެއް ޢުމްރާނީ ގޮތުން ތަރައްޤީ ކުރެވުނަސް، ހިތާއި ސިކުނޑި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް ނުވާނަމަ ހަޤީޤީ ތަރައްޤީއެއް ނުފެންނާނެކަމަށެވެ.

މިރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 24 ޙާފިޡަކު ވަނީ ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް