- Advertisement -spot_img

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޝައްމޫން ހަމީދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ޝައްމޫން ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ކޮމިޝަނަށް އާ މެމްބަރަކު އައްޔަންކުރަން ޖެހުނީ މިހާރު އެ މަގާމުގައި ހުންނެވި ސަމާއު އަހްމަދު ނަޖީބުގެ ދައުރު ހަމަވާތީ އެވެ. މި މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޝައްމޫން ހަމީދާއި ސަމާއު އަހްމަދު ނަޖީބުގެ ނަމެވެ.

ކޮމެޓީ މަރުހަލާގައި ޝައްމޫން ހަމީދަށް 92 މާކްސް ލިބިވަޑައިގެންފައިވާއިރު، ސަމާއު އަހްމަދު ނަޖީބަށް ލިބިވަޑައިގަތީ 86 މާކްސް އެވެ.

ޝައްމޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް