- Advertisement -spot_img

ދާރުއްސަލާމް ވަގުފް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ދާރުއްސަލާމް ވަގުފް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި އިމާރާތް އަޅަނީ ހުޅުމާލެ ޕްލޮޓް ނަންބަރު 11646 ގައި އޮންނަ ބިމުގައެވެ.

ޒަމާނީ ވަސީލަތްތަކާއެކު 13 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފް އިމާރާތުގައި ކޮންފަރެންސް ހޯލަކާއި، އޮފީސް ހިންގުމަށް ހާއްސަކޮށްފައިވާ ބައިތައް ހިމެނެއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 244 މިލިއަން ރުފިޔާއަށް 24 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ދާރުއްސަލާމް ވަގުފް އިމާރާތުން އަހަރަކު 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް