- Advertisement -spot_img

ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު

ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހައްދަވާނެކަމަށް ޕެޝަން އޮފީހުގެ އައު ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަޤާމާ ޙަވާލުވެވަޑައިގެން ރަސްމީކޮށް މަސައްކަތަށް ނިކުމެވަޑައިގެން ޕެންޝަން އޮފީހުގައި އޮތް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ޔަޒްމީދު ވިދާޅުވީ ންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނެކަމަށެވެ. ޕެންޝަން އޮފީހުގެ އެންމެގައި ކަންކަން އެ އަމާޒަށް ވާސިލުވުވާނެގޮތަށް ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ސީއީއޯގެ ޙައިސިއްޔަތުން އެމަނިކުފާނު އެންމެ އިސްކަންދެއްވާނެ މައިގަނޑު ކަންކަމުގެ މައްޗަށް ޔަޒްމީދު އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހައްދަވާނެކަމުގެ ޔަޤީންކަން ދެއްވައި، ޕެންޝަން އޮފީހުގެ އެންމެހައި ކަންކަން އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޕެންޝަން އޮފީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ޒަމާނީ، ހަރުދަނާ، އުފެއްދުންތެރި އަދި ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަން ފާހަގަކުރައްވަމުން، އެއްވެސް މުވައްޒަފަކު މާޔޫސްވިޔަނުދީ، ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކޮށް، ނަތީޖާ ނެރެދިނުމަށް އެންމެހައި މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯކަމަށް ޔަޒްމީދު އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މެންބަރެއްގެ ގޮތުގައެވެ.

ޕެންޝަން އޮފީހަކީ ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ، ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓާ މިނިވަން މުއައްސަސާއެކެވެ. މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ގަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރިން، ޕެންޝަން އޮފީހަކީ ހިންގުމުގެ ދާއިރާއިން ބައިނަލްއަގުވާމީ އައި.އެސް.އޯ ސެޓިފިކޭޝަނާއި ޝަރަފުވެރި ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައިވާ އިދާރާއެކެވެ.

ގުޅުންހުރި ލިޔުންތައް