- Advertisement -spot_img

ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ފޯމްތައް އިސްލާހުކުރުމަށް ފުރުސަތެއް

”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި ފޯމްތައް އިވެލިއުއޭޝަން މަރުހަލާ ކުރިއަށްދާއިރު، ސައްހަނޫން ފޯމްތައް އިސްލާހްކޮށް އަލުން ހުށަހެޅުމަށް މުހުލަތެއް ދޭނޭކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ މިނިސްޓްރީން ބުނީ ބހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އެޕްލިކޭޝަން “ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން “މިނިސްޓްރީން ދަނީ ކުރަމުންދާކަމަށެވެ. ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު މަޢުލޫމާތުގެ ފުށުއެރުމެއްވާނަމަ ހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް، އެކަން އެޕްލިކަންޓަށް އަންގާއިރު ފޯމް އިސްލާހްކޮށް ހުށަހެޅުމަށް 7 ދުަވަހުގެ މުހުލަތެއް ދޭނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެޕްލިކޭޝަންއާ، ގުޅިގެން އަންނަ ބަދަލުތައް ޕޯޓަލް މެދުވެރިކޮށް އަދި އެސް.އެމްއެސް މެދުވެރިކޮށް އަންގާއިރު، ފޯމްގައިވާ މައްސަލަތަކަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރާނީ ހަމައެކަނި ބްހިޔާވަހިކަން ޕޯޓަލް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދުގެ ސަރުކާރުން ހުޅުވާލި ގޯއްޗާއި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ، ޖޫންމަހުގެ 15 ވަނަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ބުނީ ‏”ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމް ހުށައަޅާފައިވާ ކަމަށެވެ. އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.

ގުޅުންހުރި ލިޔުންތައް