ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރެއިން ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް އެމް.ޓީ.ސީއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.
އަލަށް އަޅާ އިސްލާމީ މަރުކަޒުތަކުގައިވެސް ނަމާދު ކުރާ ޖާގައިގެ އިތުރުން ކުލާސްރޫމާއި ޖަލްސާކުރާ ހޯލެއްވެސް ހިމެނޭނެއެވެ.
އިސްލާމީ މަރުކަޒުތަކުގައި ދީނީ ޢިލްމު ފެތުރުމާއި، އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.



