- Advertisement -spot_img

އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާ ކުރައްވައިފި

މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ އެންމެހާ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝުކުރުއަދާ ކުރައްވައިފިއެވެ.

އިމިގްރޭޝަންގެ ޚިދުމަތްތެރިންނަށް ރައީސް ޝުކުރުއަދާ ކުރައްވާފައި ވަނީ އެ ޚިދުމަތަށް 75 އަހަރުފުރޭ އަލިމަސް ޔޫބީލްގެ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިމިގްރޭޝަންގެ ޚިދުމަތް ދިވެހިރާއްޖެއިން ލިބެން ފެށިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް މުނާސަބަތުގައި، އެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި، އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާ ވިދާޅުވެ، ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

‎ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ދޭންފަށާފައިވަނީ 24 މާރިޗު 1950 ގައެވެ.

އަލިމަސް ޔޫބީލް ފާހަގަކުރުމަށް ރަސްމީ ޖަލްސާއެއް ބޭއްވުމާއި، ފަންފެއަރ، ޗެރިޓީ ރަން، އަދި ކުޑަކުދިންގެ ހަވީރީ ކުއިޒެއް ކުރިއަށްގެންދިއުމަށްވެސް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް