- Advertisement -spot_img

މާފަރު އެއާޕޯޓު އިތުރަށް ތަރައްގީކުރުމަށް މަޝްވަރާކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭންތައް އެކުލަވާލުމަށް އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓޫރިޒަމާއި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމަށްޓަކައި، މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ދަށުން މިހާރު ކުރިއަށްދަނީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. މިމަޝްރޫއުގެ ދަށުން 6،238 އަކަފޫޓުގެ ޖާގައިގެ އިމާރާތެއް ތަރައްގީ ކުރާއިރު، މީގެ ސަބަބުން ޓާމިނަލްގެ ޖާގަ 12476އަށް އިތުރުވެ، މުޅި ޕެސެންޖާ ޓާމިނަލުގެ ޖާގަ ދެގުނަ އިތުރުވާނެއެވެ.

އެ މަޝްރޫއު ނިމުމުން އެ އެއާޕޯޓުގައި އެއްފަހަރާ 30 ޖެޓު ޕާކު ކުރެވޭނެ އެވެ. މިހާރު ޓާމިނަލް ތަރައްގީ ކުރުމުގެ 20 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އައިލޭންޑް އޭވިއޭޝަން ސަރވިސަސްއިން ހިންގާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ، އަތޮޅުތަކުގެ އެއާޕޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ދަތުރުތައް އޮންނަ އެއާޕޯޓެވެ.

ގުޅުންހުރި ލިޔުންތައް