- Advertisement -spot_img

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަކީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ފެނުގެ ދުވަހާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ ”ގްލޭޝިއާ ޕްރިޒަވޭޝަން“ ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ޝިއާރުން، މޫސުމީ ބަދަލުތަކާއި ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި އިންސާނުންގެ ނާޒުކުކަމާ އޮތް ގުޅުމުގެ މަތިން ހަނދާންކޮށްދޭ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ ކަންކަމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި، އެފަދަ ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި މި ސަރުކާރުން ދެމިތިބޭނެ ކަމަށާއި، އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. ފެނުގެ ދުވަހަކީ ރައްކާތެރި ސާފު ފެން ނުލިބި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ވަކާލާތުކޮށް، އެފަދަ މީހުންނަށް ރައްކާތެރި ފެން ފޯރުކޮށްދިނުމަށް ބާރުއަޅާ ފެނުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކު މާރިޗް މަހުގެ 22 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވ

ގުޅުންހުރި ލިޔުންތައް